މިރްފަތު ޝަފީޤް ޖޭޕީ އާ ގުޅިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މިރްފަތު ޝަފީޤް ޖޭޕީ އާ ގުޅިވަޑައިގެންފި

ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓަރސް ހާޞިލުކުރައްވައިގެން ހުންނެވި މިރްފަތު ޝަފީޤް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ. 

އެކަމަށްޓަކައި ޖޭޕީގެ މައި މަރުކަޒު ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ލީޑަރު ޤާސިމް އިބްރާހީމް އާއި ފޯމް ހަވާލުކުރެއްވެވުމަށްފަހު މިރްފަތު ވިދާޅުވީ އޭނާއަކީ ވެސް ވިލާ ފައުންޑޭޝަންގެ އެހީގައި މަތީ ތަޢްލީމް ޙާޞިލުކުރެއްވި ދަރިވަރެއް ކަމަށާއި ޖޭޕީ އާއި ގުޅިވަޑައިގަތީ ޕާޓީ ކުރިއަރުވަން ކޮށްދެއްވެން ހުރި މަސައްކަތްތައް ކޮށްދެއްވުމުގެ ބޭނުންފުޅުގައި ކަމަށެވެ. 

މިރްފަތު ޝަފީޤަށް މަރުހަބާ ވިދާޅުވެ ލީޑަރު ޤާސިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޖޭޕީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ވަރަށް އަވަހަށް ގެނެވޭނެ ކަމަށާއި 2 ދުވަހެއްގެ ތެރޭގައި ބައެއް ކަންކަން އިޢުލާނުކުރައްވާނެ ކަމަށެވެ. ޖޭޕީ އަބަދުވެސް ދެމިއޮންނާނީ ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ކަމަށެވެ. ޤައުމުގެ އިޤްޠިޞާދަށް ހެޔޮ ބަދަލުތައް ގެނެސް އެކަމުގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. 

ޖޭޕީ އާއި އަލަށް ގުޅުނު 200 މެންބަރުނެ ފޯމް ވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ޙަވާލުކޮށްފައެވެ.

 

 

މިއަދު އޮންލައިން