މ.މުލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕރަޭޝަނެއްގައި އެރަށުގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހެކެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތި ހުރި ތިން ކަރުދާސްކޮޅު ފެނުމާއެކުނެވެ.
މިތަކެތި ފެނިފައިވަނީ އެގެ ބަލައިފާސްކުރިއިރު އޭނާ އޮށޯވެ އޮތް ސޯފާ ގޮދަޑި ދަށުންނެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މ. މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 14 ދުވަހުގެ މުއްދަތެއްވަނީ ދީފަވެއެވެ.