ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، ސަމަންދަރު، އަލީ އަކްރަމް (29އ) އާއި ސ. ހިތަދޫ ، ފިނިމާ، ޙަސަން ނާޢިމް (31އ) އެވެ.
ވީމާ މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9791612އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.