ގާޒީ ހުޒައިފާގެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމައިފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ގާޒީ ހުޒައިފާގެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމައިފި

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ސުލޫކީ މައްސަލަ ނުބެލުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މިހާރު އެ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ އެ ކޯޓުގެ އެހެން ޤާޟީއެއްގެ މައްސަލައަކާ ގުޅިގެން ތަޙްޤީޤު ކޮމިޓީއަށް އެ ޝަކުވާއަކީ އެއްވެސް އަސާސެއް އޮތް ޝަކުވާއެއް ނޫންކަމަށް ފެނި، އެކަން ހިއްސާކޮށްފައިވާތީ ކަމަށް ޖޭއެސްސީން މިއަދު ބުންޏެވެ.

ޖޭއެސްސީން ބުނީ ޙުޒައިފާއާ ބެހޭގޮތުން ޝަކުވާ ހުށަހެޅި ފަރާތާގުޅޭ މައްސަލައެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުން، އެ މައްސަލަ ބަލައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައްސަލަ ހުށަހެޅުއްވި ފަރާތް ވަޒީފާއިން ވަކި ކޮށްފައިވާކަން ޖޭއެސްސީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހިނގާފައިވާ ގޮތުންވެސް ޤާޟީ ޙުޒައިފާގެ މައްސަލައެއް އޮތްކަމަށް ނުފެންނަ ކަމަށް ޖޭއެސްސީން ބުންޏެވެ. 

ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅީ އެ ކޯޓުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވުނު މުވައްޒަފެއްގެ މައްސަލަ ބަލަން ފެށުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. ހުޒައިފާގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވަނީ ފެމިލީ ކޯޓުގެ މުވައްޒަފެކެވެ.

މިއަދު އޮންލައިން