އެމެރިކާގެ ރެސްޓޯރަންޓަކުން "ގާލްފްރެންޑް ބަނޑުހައި ނުވާތީ" ބިލުގައި ހިމަނައި އަގު ނަގަން ފަށައިފިއެވެ.
ރެސްޓޯރަންޓުން ބުނީ އެގޮތަށް ކަންތައް ކުރަން ފެށީ ދެމީހުން އެކުގައި ރެސްޓޯރަންޓަށް ވަދެ ޖާގަ ހިފައިގެން ތިބެފައި އެކަކަށް ގެންނަ ތަށިން ކައި ނިންމާލާތީއެވެ. އެހެންވެ ބިލުގައި "ގާލްފްރެންޑް ބަނޑުހައި ނުވާތީ" ހިމަނައި ތަށްޓަށް ކުޑަމިންވަރެއް އިތުރުކުރަނީ ކަމަށެވެ.
"ގާލްފްރެންޑް ބަނޑުހައި ނުވާތީ" ގެ އަގަކީ 4.25 ޑޮލަރެވެ!

މިކަމާއި ގުޅިގެން ކޮމެންޓުކުރި މީހަކު ބުނެފައިވެއެވެ. "އަންހެނުންގެ ކެއުމަކީ ވަރަށް އާދައާއި ޚިލާފް ކަމެކެވެ. ދެމީހުން ވަދެ ޝެއާކުރާ ގޮތަށް ތަފާތު ދެ ބާވަތަކަށް ކޮށްފާނެއެވެ. ނަމަވެސް ފިރިހެން މީހާއަށްވުރެ މާގިނައިން އަނހެން މީހާ ކާނެއެވެ."
އޭނާ އަށް ރައްދުދީ ބައެއް އަންހެނުން ބުނެފައިވަނީ ފިރިހެނުން މާގިނައިން ކާ ކަމަށާއި ކާމިންވަރު ގިނަކަމުން ކެވޭވަރުވެސް ނުއެނގެނީ ކަމަށެވެ.