ދުބާއީގެ 2 ސިޓީ ކަމަށްވާ ޕާމް ޖުމެއިރާ އާއި އެމިރޭޓްސް ހިލްސްގައި މިއަހަރުގެ މިހައިތަނަށް އެއްވެސް ކުށެއް ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ މި 2 ސިޓީގައި އެއްވެސް ކުށެއް ކޮށްފައި ނުވަނީ ސެކިޔުރިޓީ ބެލެހެއްޓޭ މިންވަރު ވަރުގަދަވުމުން ކަމަށެވެ.
ޕޮލިސް ޗީފް މަންސޫރީ ވިދާޅުވީ ފުލުހުންގެ އަތުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް އެބަހުރި ކަމަށެވެ. އަދި ފުލުހުންގެ ސިކުނޑީގައި ކުށްކުރުން ހުއްޓުވޭނެ ގޮތުގެ ވިސްނުން ވެސް އެބަހުރި ކަމަށާއި ފުލުހުން ގެންދަނީ ވަރަށް އިޚްލާޞްތެރި ކަމާއިއެކު އެކަމަށް މަސައްކަތްކުރަމުން ކަމަށެވެ.
މަންސޫރީ ވިދާޅުވީ ދުބާއީއަކީ ދުނިޔޭގެ ނިޞްބަތުން ވެސް އެންމެ ކުށް ކުރުން މަދު އެއް ޤައުމު ކަމަށެވެ. އަދި އެ ނަތީޖާ ނެރެވިފައިވަނީ ސަރުކާރާއި ފުލުހުން ކުރަމުން ގެންދާ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި ކުށްކުރުމުން އެއްވެސް އިސްތިސްނާއެއް ނެތި ކޮންމެ މީހަކަށްވެސް ޙައްޤު އަދަބު ދެމުން ގެންދާތީ ކަމަށެވެ.