2019 ޖޫން މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގަޔަށް ސައިކަލެއްގައި އައި ބަޔަކު އަތްލައި ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ފުލުހުން ބެލިބެލުމުން ހަމަ އެދުވަހު މާލޭގެ އިތުރު ދެ ސަރަޙައްދަކުން ހިނގާފައި ދިޔަ ދެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާވެއެވެ.
އެހެންކަމުން ޖޫން މަހުގެ 25 ވަނަ ދުވަހު މާލޭގެ މަގުމަތިން އެއްވެސް މީހަކަށް މިބާވަތު ފުރައްސާރައެއް ކުރިމަތިވެފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާއި އެކަމުގެ މަޢުލޫމާތު ހިއްޞާ ކުރުމަށް އެެދެއެވެ.