އައްޑޫސިޓީ ފޭދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 41ސ
އައްޑޫސިޓީ ފޭދޫން  މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 އައްޑޫސިޓީ ފޭދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުުކޮށްފައިވަނީ ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 3 ވަނަ ދުވަހުގެ 19:15 ހާއިރު ހިންގި އޮޕަރޭޝަނުގައި އެރަށު ފަސްގަނޑު ސަރަޙައްދުންނެވެ.

ފުލުހުން މިމީހާ ހުއްޓުވި ވަގުތު ބިންމައްޗަށް އެއްޗެއް ވައްޓާލިތަން ފެނުމާއި ގުޅިގެން، އެމީހާގެ ހާޟިރުގައި އެނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ޖޫސްޕެޓީ ކޮތަޅަކާއި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމު އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަވެއެވެ.

މިއަދު އޮންލައިން