މިއަހަރު މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޓާ ދިނުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގިކަމަށް، ތަޙުޤީޤަށް ސާބިތުނުވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ޙައްޖުކޯޓާ ކުންފުނިތަކަށް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ބުނެ އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަ ތަޙްޤީޤްކުރުމަށްފު ނެރުނު ހުލާސާ ރިޕޯޓްގައެވެ.
މިއަހަރު ޙައްޖަށް މީހުންގެ ގެންދާނެ ކުންފުނިތައް ހޮވުމުގައި އިސްލާމިކް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާ މައްސަލަތަކެއް އޭސީސީން މީގެކުރިން ވަނީ ތަޙުޤީޤުކުރަން ފަށާފައެވެ.
އެގޮތުން ހުށައަޅަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ނުވާ ޕްރޮޕޯސަލްތައް ބާޠިލްވާނެކަމަށް އުސޫލްގައި ބަޔާންކޮށްފައި ވީނަމަވެސް ލިޔެކިއުންތައް ފުރިހަމަނުވާ ބައެއް ކުންފުނިތައް ޕްރޮޕޯސަލް އިވެލުއޭޝަންގައި ބައިވެރިކުރި މައްސަލައެއް ވެސް އޭސީސީން ބަލާފައިވެއެވެ. އަދި ޕްރޮޕޯސަލްތަކަށް މާކުސް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ޢަމަލުކޮށްފައިވާ މައްސަލައެއްވެސް އެކޮމިޝަނުން ބަލާފައިވެއެވެ.