ޑްރަގް ޓްރެފިކް ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެދަށުން މ. އުޖާލާގެ ބަލައި ފާސްކުރުމުގައި ބޭނުންކޮށްގެން ނުވާނެ ވަރަށް ބާރުގެ ބޭނުން ކުރި މައްސަލައެއްގައި ފުލުހުންގެ އޮފިސަރުންތަކެއް ސަސްޕެންޑްކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ފުލުސް އޮފިސަރުންގެ އެ އަމަލު "ބަލައި ނުގަންނަ" ކަމަށާއި އެމީހުން ސަސްޕެންޑް ކުރައްވާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލަން ދިވަހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނަށް އަންގަވާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.