އީރާނުގެ ތެޔޮ ޓޭންކަރު ދޫނުކުރާނަމަ އިނގިރޭސި ތެޔޮ ޓޭންކަރުތައް އަތުލައިގަންނާނެ ކަމުގެ އިންޒާރު އީރާނުން ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
އީރާނުގެ ތެޔޮ ޓޭންކަރު ދޫނުކުރާނަމަ އިނގިރޭސި ތެޔޮ ޓޭންކަރުތައް އަތުލައިގަންނާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ޖިބްރޯލްޓާ އިން އަތުލައިގެންފައިވާ އީރާނުގެ ތެޔޮ ޓޭންކަރު ދޫނުކުރާނަމަ އިނގިރޭސި ތެޔޮ ޓޭންކަރުތައް އަތުލައިގަންނާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. 

އީރާނުގެ ރިވޮލިޔުޝަނަރީ ގާޑުންގެ ކޮމާންޑަރު މުހްޞިން ރިޒާއީ ވިދާޅުވީ އެކަމުގެ ބަދަލު ހިފާނީ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރުތަކުން ކަމަށެވެ. އަދި އެކަމަކީ އިރާނަށް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. 

ޖިބްރޯލްޓާރ އިން ބުނީ އަތުލައިގެންފައިވާ ޓޭންކަރުގައި ތިބި ފަޅުވެރިންގެ ކުށެއް ނުފެނުނު ކަމަށާއި މައްސަލައަކީ ތެޔޮ ގެންދާ ބަނދަރު ކަމަށެވެ. ޖިބްރޯލްޓާގެ ސްޕްރީމް ކޯޓުން ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު އަތުލައިގަތް އީރާނުގެ ތެޔޮ ޓޭންކަރު ހިފަހައްޓަން 14 ދުވަހުގެ މުއްދަކަށް ހުއްދަ ދިފައެވެ. 

މިއަދު އޮންލައިން