ރަޖީވް ގާނދީ އަވަހާރަކޮށްލި ޓެރަރިސްޓުންނަށް ހިމާޔަތްދިން އަންހެނަކު ތިރީސް ދުވަހަށް މިނިވަންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ރަޖީވް ގާނދީ އަވަހާރަކޮށްލި ޓެރަރިސްޓުންނަށް ހިމާޔަތްދިން އަންހެނަކު ތިރީސް ދުވަހަށް މިނިވަންކޮށްފި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ އަވަހާރަކޮށްލި ޓެރަރިސްޓުންނަށް އެކަންކުރަން މަގުފަހިކޮށްދީ ހިމާޔަތްދިން އަނހެނަކު 30 ދުވަހަށް މިނިވަންކޮށްފިއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ މިނިވަންކުރީ ދަރިފުޅުގެ ކައިވެންޏަށް ކަމަށް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިނިވަންކޮށްފައިވަނީ 1991 ވަނަ އަހަރު ރަޖީވް ގާނދީ އަވަހާރަކޮށްލުމާއި ގުޅިގެން އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވާ ނާލިނީ ސިރިހަރަން ނަމަކަށް ކިޔާ އަންހެނެކެވެ.

ނާލިނީ ޖަލަސްލި އިރު އިނީ ބަލިވެއެވެ. ލިބުނު ދަރިފުޅަކީ އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ.

މިއަދު އޮންލައިން