ގިނަ އަދަދެއްގެ އަންހެން ދަރިވަރުން ރޭޕްކުރި މައްސަލައެއްގަ ބަންގްލަދޭޝް ޕްރިންސިޕަލަކު ހައްޔަރުކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަނީ އެކި އުމުރުގެ 12 އަށްވުރެ ގިނަ ދަރިވަރުންނާއި ގަދަކަމުން ޖިންސީ ގުޅުން ހިންގައިފައެވެ.
އޭނާ ހައްޔަރު 10 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައަކާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ސްކޫލްދޮށަށް އެއްވެ އޭނާ ވަގުތުން ހައްޔަރުކުރުމަށް ގޮވާލައި މުޒާހަރާ ކުރުމުންނެވެ. މީނާއަކީ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި އަމިއްލައަށް ސްކޫލެއް އުފައްދައިގެން ހިންގާ މީހެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ފުލުހުން ބުނީ ޖިންސީ ގޯނާކުރާ ފިލްމެއް ބެލުމަށްފަހު ޕްރިންސިޕަލް ހަމަ އެގަތަށް އޭނާ އާއިމެދު ކަންތައް ކޮށްފައިވާ ކަމަށް ބެލެނިވެރިންގެ ގާތުގައި 10 އަހަރުގެ ކުއްޖާ ބުނެފައިވާ ކަމަށެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން 20 ދަރިވަރުން ރޭޕްކުރި މައްސަލައެއްގައި 2 ޓީޗަރަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފަހަކަސް އައިސް ބަންގްލަދޭޝް ފާހަގަކުރެވިފައިވަނީ ސްކޫލްތަކުގެ ދަރިވަރުން ރޭޕްކުރުމުގައި އެންމެ ކުރީގައި އޮތް ޤައުމުގެ ގޮތުގައެވެ.