ކުޑަކުދިންގެ ހިޔާއިން ފިލި ކުޑަ ކުއްޖާ، ޝައިމް ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި 2 މީހެއްގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މިމައްސަލައިގައި މިމަހުގެ 4 ވަނަ ދުވަހު ބަންދުކުރި 46 އަހަރުގެ މީހާގެ ބަންދަށް ޖަހާފައިވަނީ 6 ދުވަހުގެ މުއްދަތުކަމަށާއި 5 ވަނަ ދުވަހު ބަންދުކުރި 23 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ޝައިމް ފިލުމުން އޭނާ ހޯދަން ފުލުހުން ވަނީ ވަރަށް ގިނަ މަސައްކަތްކޮށްފައެވެ. އޭނާ ފެނިފައިވަނީ ފުލުހުން ހިުންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއަކުންނެވެ.