ފުލުހުން ހިންގާ އޮޕަރޭޝަންތައް ވީޑިއޯކުރުން ލާޒިމް ކުރަން ލޯޔަރ ޢާޞިފް ހުށަހަޅުއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ފުލުހުން ހިންގާ އޮޕަރޭޝަންތައް ވީޑިއޯކުރުން ލާޒިމް ކުރަން ލޯޔަރ ޢާޞިފް ހުށަހަޅުއްވައިފި

އެސް އޯ އާއި ޑީއީޑީ ފުލުހުން ހިންގާ އޮޕަރޭޝަންތައް ވީޑިއޯ ކުރުނަ ލާޒިމް ކުރަން ލޯޔަރ ޢާޞިފް ހުށަހަޅުއްވައިފިއެވެ.

ޢާޞީފް ވިދާޅުވީ އެސް އޯ އާއި ޑީއީދީ ފުލުހުން ހިންގާ އޮޕަރޭޝަންތައް ވީޑިއޯ ކުރުނަ ލާޒިމް ކުރަން، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑިޕާޓްމަންޓްގެ މައްޗަށް ލާޒިމްކުރާ ގޮތަށް ފުލުހުންގެ ކޯޑް ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ޢާޞީފް ވިދާޅުވީ ރޭ ފުލުހުން މ. އުޖާލާ ގޭގައި ހިންގި އޮޕަރޭޝަނުގައި ޓޯޗަރު ކުރި ގޮތަށް ޓޯޗަރުކުރާކަމަށް ކޮންމެ 3 ކުއްޖަކުން 2 ކުއްޖަކު ބުނާ ކަމަށެވެ.

ފުލުހުން ހިންގާ އޮޕަރޭޝަންތައް ވީޑިއޯ ކުރުމަކީ ކުރިން ކުރަމުން އައި ކަމެކެވެ. ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި އެކަން ހުއްޓައިލީ ސިޔާސީ ބޭނުންތަކަށް އޮޕަރޭޝަންތައް ހިންގައިދޭން ޖެހުމުންނެވެ.

މިއަދު އޮންލައިން