ބާރ ކައުންސިލުގެ އިންތިޚާބުގެ ކެންޕޭނު ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ބާރ ކައުންސިލުގެ އިންތިޚާބުގެ ކެންޕޭނު ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ބާރ ކައުންސިލުގެ އިންތިޚާބުގެ ކެންޕޭނު ކުރިއަށް ގެންދިއުމުގެ ފުރުޞަތު ހުލުވާލައިފިއެވެ. 

ކައުންސިލުގެ މަޤާމުތަކަށް ވާދަކުރައްވާ ވަކީލުންގެ ނަންތައް ތަރުތީބުކުރުމަށް މިއަދު ހަވީރު އިންތިޚާބުތަކާއިތަކާއި ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތަށްފަހު އިލެކްޝަންސް ކޮމިޝަނުން ބުނީ ނަންތައް ތަރުތީބުކުރެވުނު ގޮތް އިއުލާނުކުރުމުން ކެންޕޭނުކުރުމުގެ ފުރުޞަތު ހުޅުވިގެންދިއައީ ކަމަށެވެ. އަދި ކެންޕޭނުކުރުން ކުރިއަށް ގެންދެވޭނީ ހުކުރު ދުވަހުގެ ހަވީރު 6.00 އާއި ހަމައަށް ކަމަށެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބަށްފަހު ހަމަ އެދުވަހު ވަގުތީ ނަތީޖާ އިއުލާނުކުރާނެ ކަމަށެވެ. އަދި މިއީ ޤާނޫނީ ވަކީލުންގެ މެދުގައި ބާއްވާ އިންތިޚާބަކަށްވުމުން ކެންޕޭނުކުރުމުގައި ވެސް އަދި އެހެން ކަމަކާއި ގުޅިގެންވެސް ޤާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ. 

ބާރ ކައުންސިލް އިންތިޚާބުކުރަން އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަށްފަހު ދެން ބާއްވާ އިންތިޚާބުތައް ބާއްވަމުން ގެންދާނީ ބާރ ކައުންސިލުން އަމިއްލައަށެވެ.

 

 

މިއަދު އޮންލައިން