ގުރައިދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 39ސ
ގުރައިދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

 ކ.ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކުު ހައްޔަރުކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 4 ވަނަ ދުވަހުގެ 12:04 ހާއިރު ގުރައިދޫ ޕޮލިސް ސްޓޭޝަނުގުައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި، ބަލައިފާސްކުރިއިރު އޭނާގެއަތުން މަސްތުވާތަކެތިހުރި ހަ ރަބަރު ޕެކެޓް ފެނުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

 

މިއަދު އޮންލައިން