އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ރ.އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
މިތަކެތި ނައްތާލާފައިވަނީ ޖުލައި 04 ވަނަ ދުވަހު ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ.
ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ނައްތާލާފައިވާ މި ތަކެއްޗަކީ ހަތަރު މައްސަލައެއްގައި ހިމެނޭ 175 ބަނގުރާ ފުޅިއާއި 112 ބިޔަރު ދަޅެއެވެ.
މިތަކެެއްޗަކީ 2018 އޮކްޓޫބަރ 21 އިން 2019 ޖޫން 20 ގެ ނިޔަލަށް އެކިދުވަސް މަތިން، ރ.އިފުރު އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.