މަހިބަދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 52ސ
މަހިބަދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަހިބަދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކުރީ ޖުލައި 5 ވަނަ ދުވަހުގެރޭ 02:00 ހާއިރު މަހިބަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ސަހަރާ ކައިރިންނެވެ.

މިމީހާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް ކަރުދާސް ކޮތަޅެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާއެކު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހާޟިރުގައި އެކޮތަޅު ބަލައިފާސްކުރިއިރު، ކޮތަޅު ތެރޭގައި އޮތް ދަވާދު ދަޅެއްގެ މަސްތުވާތަކެތި ހުރި 66 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެގެއްޓުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަވެއެވެ.

 

މިއަދު އޮންލައިން