އޭސީސީގެ ނައިބު ރައީސް ކަމަށް މިންނާ އިންތިޚާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
އޭސީސީގެ ނައިބު ރައީސް ކަމަށް މިންނާ އިންތިޚާބުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް ކަމަށް އޭސީސީގައި ހުންނެވި ހަމައެކަނި އަންހެން މެމްބަރު  އައިމިނަތު މިންނާ އިންތިޚާބުކޮށްފިއެވެ.

މިންނާ އޭސީސީ ގެ ނައިބު ރައީސަކަމަށް ހޮވީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.

އޭސީސީ ގެ ނައިބު ރައިސް ކަމުގެ މަގާމު ހުސްވީ ހުރިން ނައިބު ރައިސް ކަމުގެ މަގާމުގައި ހުންނެވި މުއައްވިޒް ރަޝީދު އެ ކޮމިޝަންގެ ރައީސްކަމަށް  އިންތިހާބު ކުރުމުންނެވެ.  އަދި  އޭސީސީ ގެ ރައިސް ކަމުގެ މަގާމަށް މުއައްވިޒް އިންތިހާބް ކުރީ ކުރީގެ ރައިސް ހަސަން ލުތުފީ އިސްތިއުފާ ދެއްވުމުންނެވެ.

އޭސީސީ ގައި މިހާރު ތިއްބެވި ގިނަ މެމްބަރުންގެ މަގާމުގެ މުއްދަތު ދެ މަސް ފަހުން ހަމަވާނެއެވެ.

 

މިއަދު އޮންލައިން