ހދ.ކުޅުދުއްފުށި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެފިހާރައިން ވަގަށް ނަގާފައިވާ ފައިސާތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮއްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީީ ކުޅުދުއްފުށި ފިހާރައަކުން ވައްކަން ކޮށްފައިވާ ކަމަށްބުނެ މި ޖުލައި މަހުގެ 5 ވަނަ ދުވަހުގެ 14:11 ހާއިރު ހދ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ޖުލައި މަހުގެ 5 ވަނަ ދުވަހުގެ 15:10 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން 180 ދިވެހި ރުފިޔާ ފެނިފައިވާއިރު، އޭނާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެ ގޭ ތެރެއިން ، ވަގަށްނަގާފައިވާކަމަށް ބެލެވޭ 3760 ދިވެހި ރުފިޔާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުގަ ހުރި މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކޮށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.