ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅުނު މީހާ ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 39ސ
ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅުނު މީހާ ހައްޔަރުކޮށްފި

 ޅ. ނައިފަރު  ބަނގުރާ އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ޅ.އަތޮޅު ރިސޯޓަކުން ނައިފަރަށް ދަތުރުކުރަމުންދާ ލޯންޗަކުން ނައިފަރަށް ބަނގުރާ އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާކާ ގުޅިގެން ، ޖުލައި 4 ވަނަ ދުވަހުގެ 18:10 ހާއިރު ނައިފަރު ދެކުނު ފަރާތު ސިނާއީ ސަރަޙައްދުންނެވެ.

މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ދަބަސް ތެރެއިން ބަނގުރާ ހުރި ދެ ފުޅި ފެނިފައިވެއެވެ. އަދި މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަށް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިއަދު އޮންލައިން