3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ކުރިމަތި ކުރުވި އުދުވާނީ ޙަމަލާގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ ބޭސް ފަރުވާއަށް 2010 ވަނަ އަހަރު ސްރީލަންކާއަށް ފޮނުވުމުން ފިލައި ހުރިތަން 2014 ވަނަ އަހަރު ދިވެހި ފުލުހުންނަށް އެނގުނު ކަމަށާއި ނަމަވެސް ނުގެނެވުނީ އެއިރުގެ ހޯމް މިނިސްޓަރުގެ އެއްބާރުލުން ނުލިބިގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކެރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް ޢިމްރާން ވިދާޅުވީ ލުޠްފީ ފިލައިގެން ދިރިއުޅުނު ރަނުގެ މައުލޫމާތު ފުލިހުންނަށް ލިބުނު ކަމުގެ ލިޔެކިޔުންތައް އެބަހުރި ކަމަށެވެ. ނަމަވެސް ޙޯމް މިނިސްޓަރުގެ ނިންމެވުން ލިޔުމުން އެނގެން ނެތް ކަމަށެވެ.
ހޯމް މިނިސްޓަރު ޝައިޚް އިމްރާން މިއަދު ވިދާޅުވީ ލުޠްފީ ރާއްޖެ ނުގެނެވި ލަސްވަނީ ލަންކާގެ ޑިފެންސް މިނިސްޓްރީން ލިބެން ޖެހޭ ލިޔުމެއް ނުލިބިގެން ކަމަށެވެ. އަދި ލުޠްފީގެ ޖަލު ޙުކުމް ތަންފީޒުކުރަން 4 އަހަރަށްވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަކުރަން ޖެހޭ ކަމަށްވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.
ނޮވެމްބަރު 3 ވަނަ 3 ދުވަހު މާލެ އަރައި ބަޑިން ހަމަލާދިން ޓެރަރިސްޓުން މިނިވަންކޮށް ކުރު މުއްދަތެއްގައި ލަންކާއަށް ފޮނުވި މައްސަލަ ވެސް މެންބަރުން ފާހަގަކުރިއެވެ.