ގުޅިގެން ޖިނާޢީ ތަޙްޤީޤް ކުރަން އިންޑިއާއިން އެމެރިކާ އާއިއެކު ވެފައިވާ އެއްބަސްވުމާއި ރާއްޖެއާއެކު ސޮއިކުރަން މިއަދު މަޖިލީހުން ރުހުންދިން އެއްބަސްވުން ތަފާތު ކަމަށް ޖޭޕީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ޤާސިމް އިބްރާހީމް ވިދާޅުވީ އިންޑިއާއިން އެމެރިކާ އާއިއެކު މިކަމުގައި ވެފައިވާ އެއްބަސްވުން ފަދަ އެއްބަސްވުމެއް ރާއްޖެ އާއިއެކު އެކުލަވައިލަން އުޅޭ ނަމަ އެކަމަށް ތާއީދުވެސް ކުރައްވާނެ ކަމަށެވެ. "މިއެއްބަސްވުން މިއޮތީ ބަލައިގަންނަން ހެޔޮވާނެ ގޮތަކަށް ނޫން. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު އެބައޮތް. މިސާލަކަށް އިންޑިއާ ބައަކު ރާއްޖޭގައި ޓެރަރިސްޓް ހަމަލާތަކެއް ދިން ނަމަވެސް އިންޑިއާ ސަރުކާރުން ބޭނުންވެއްޖެ ނަމަ އެ ބައަކު އަނބުރައި ގެންދެވިދާނެ މި އެއްބަސްވުމުގެ ދަށުން. ރާއްޖެއަށް އެކަމުގައި ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެ."
ޤާސިމް އިބްރާހީމް ވިދާޅުވީ 13 މެނަބަރުންގެ ކޮމިޓީއަކުން 5 މެނަބަރުންގެ ތާއީދާއިއެކު މަޖިލީހުގެ ތަޅުމަށް މައްސަލަތައް ހުށަހަޅަން ފެށުމުން މިދަނީ މަޖިލިސް ތެރޭގައި ޤަވާއިދުތަކުން ކަންކަން ކުރެވޭތަން ފެންނަމުން ކަމަށެވެ.
ކޮންމެ ބައެއްގެ ސަރުކާރެއް ރާއްޖޭގައި ވެރިކަން ކުރި ނަމަވެސް ރާއްޖޭގައި ދިވެހި ދައުލަތުގެ ބާރު ފުރިހަމައަށް ނުހިންގޭނެ ގޮތަށް ހުރަސްތައް ކުމަތި ނުކުރުމަށްވެސް ޤާސިމް އިބްރާހީމް ވަނީ ގޮވާލައްވައިފައެވެ.