ކިނބިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 40ސ
ކިނބިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

 ތ.ކިނބިދޫގައި  މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކިނބިދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް އެރަށުގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 5 ވަނަ ދުވަހު 22:52 ހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުން ހައްޔަރުކޮށް ބަލާފާސްކުރިއިރު، އެދެމީހުން ހުރިދިމާ ބިންމަތިން މަސްތުވާތަކެތި ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ތ.ތިމަރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކޮށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަވެއެވެ.

މިއަދު އޮންލައިން