ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 46ސ
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފި

ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިޔަށް ގެންގޮސްފިއެވެ.

ޖަލާލުއްދީން ސްކޫލުގައި ޖުލައި 7 ވަނަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ މި ސެޝަނުގައިި  މަޢުލޫމާތު ދީފައިވަނީ އަމިއްލަ ނަފުސު ކުރިއަރުވާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން  އަލަށް ވަޒީފާގެ މާހައުލަށް ނިކުންނަ ދަރިވަރުންގެެ އުޅުމާއި އަޙްލާޤް ބައްޓަން ކުރަންވީ ގޮތާއި އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ޖަލާލުއްދީން ސްކޫލުގެ އެދުމުގެ މަތިން ކުރިޔަށް ގެންދިޔަ މިސެޝަނަނުގައި އެސްކޫލުގެ ގްރޭޑް 11 އަދި 12 ގައި ތަޢުލީމް ޙާސިލްކުރަމުންދާ 100 ދަރިވަރުން ބައިވެރި ވެފައިވެއެވެ.

މި ސެޝަނުގައި މައުލޫމާތު ދެއްވީީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާދިލްއެވެ

މިއަދު އޮންލައިން