ސްޕްރީމް ކޯޓުން ޤާނޫނު އަސާސީ އާ ޚިލާފަށް ނިންމާފައިވާ ނިންމުންތައް ބަލައި ފިޔަވަޅު އަޅަން ޙިސާން ހުށަހަޅުއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ސްޕްރީމް ކޯޓުން ޤާނޫނު އަސާސީ އާ ޚިލާފަށް ނިންމާފައިވާ ނިންމުންތައް ބަލައި ފިޔަވަޅު އަޅަން ޙިސާން ހުށަހަޅުއްވައިފި

ސްޕްރީމް ކޯޓުން ޤާނޫނު އަސާސީ އާއި ޚިލާފަށް ނިންމާފައިވާ ނިންމުންތައް ބަލައި ފިޔަވަޅު އަޅަން ތުޅާދޫ ދާއިރާގެ މެންބަރު، ޤާނޫނީ ވަކީލް ޙިސާން ހުސައިން ހުށަހަޅުއްވައިފިއެވެ.

މިއަދުގެ މަޖިލީހުގައި ޙިސާން ވިދާޅުވީ ދައުލަތުގެ ބާރުތައް ޤާނޫނު އަސާސީގައި ވަނީ ބަޔާންވެގެން ކަމަށާއި ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ކަމެއް، ބާރެއް ނޫނީ ދައުލަތުގެ އެއްވެސް ބާރަކަށް ވެސް ލިބި ނުގަނެވޭނެ ކަމަށެވެ.

ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއިމެދު ސްޕްރީމް ކޯޓަށް ލިބިގެންވާ ބާރަކީ އެޤާނޫނެއްގައި ޤާނޫނު އަސާސީ އާ ތަޢާރަޒްވާ ކަމެއް އޮތް ނަމަ އެކަން ފާހަގަކުރުން ކަމަށާއި ނަމަވެސް ސްޕްރީމް ކޯޓުން ވަނީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެ ކޯޓަށް ލިބި ނުދޭ ބާރުގެ ބޭނުންކޮށްގެން ބައެއް ކަންކަން އެ ކޯޓުގެ ބާރުގެ ދަށަށް އަމިއްލައަށް ގެންގޮސްފައި ކަމަށެވެ.

އެ ގޮތަށް ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް މަޖިލީހުން ބަލައި އެކަންކަމަށް ގޮތެއް ނިންމައި ދިނުމަށް ޙިސާން ޙުސައިން ވަނީ ހުށަހަޅުއްވައިފައެވެ.

މިއަދު އޮންލައިން