ބީއެމްއެލްގެ ގިނައަދަދެއްގެ މުވައްޒަފުން އެމްއެމްޕީއާރުސީ މައްސަލާގަ ޝާމިލުވާކަމަށް އޭސިސީ އިން ބުނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ބީއެމްއެލްގެ ގިނައަދަދެއްގެ މުވައްޒަފުން އެމްއެމްޕީއާރުސީ މައްސަލާގަ ޝާމިލުވާކަމަށް އޭސިސީ އިން ބުނެފި

ބޭންކް އޮފް މޯލްޑިވްސްގެ ގިނައަދަދެއްގެ މުވައްޒަފުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޝާމިލުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސިސީ) އިން ބުނެފިއެވެ.

އޭސީސީއިން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ކޮމިޝަންގެ މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމުންނެވެ.

އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ބުނެފައިވަނީ ބީއެމްއެލްގެ 38 މުވައްޒަފަކު އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކުތައް އެސްއޯއެފްގެ އެކައުންޓުތަކަށް ޖަމާކުރުމުގައި ބައިވެރިވި ކަމަށެވެ.

މިމައްސަލަ ފަޅާއަރުވާލާފައިވަނީ ބީއެމްއެލްގެ މާމިގިލި ބްރާންޗުގެ މެނޭޖަރަކަށް ހުރި ގާސިމް އަބްދުލްކަރީމެވެ. މިކަމާއިގުޅިގެން ގާސިމް ހައްޔަރުކޮށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.

މިއަދު އޮންލައިން