އޮޑިޓް ރިޕޯޓްތައް ދިރާސާކޮށް ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަކީ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތެއް: ރައީސް ނަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އޮޑިޓް ރިޕޯޓްތައް ދިރާސާކޮށް ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަކީ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތެއް: ރައީސް ނަޝީދު

ދައުލަތުގެ އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓްތައް ދިރާސާކޮށް ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށްރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ 700 އަށްވުރެ ގިނަ އޮޑިޓް ރިޕޯޓް އެއްވެސް ވަރަކަށް އެކޮމިޓީން އެއްވެސް ވަރަކަށް ދިރާސާ ނުކޮށް ބާއްވާފައިވާ މައްސަލައެއްގައި ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ. 

މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވީ މާކުރީ އަހަރުތަކެއްގެ އޮޑިޓް ރިޕޯޓްތަކަށް ވަގުތު ހޭދަކުރުމުގެ ބަދަލުގައި އެ ރިޕޯޓްތައް ވަކި މައްސަލަތަކެއްގެ ގޮތުގައި ބެލޭނެ ގޮތް ހަމަޖެއްސުމަށް ފެންނަ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީން މިހާރު އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހެނީ މިހާރު ނެރެމުން ގެންދާ އޮޑިޓް ރިޕޯޓްތަކަށް ކަމަށެވެ. 

މިނިވަން އޮޑިޓަރ ޖެނެރަލްގެ އޮފީހެއް އުފައްދައި މިނިވަން އޮޑިޓަރ ޖެނެރަލަކު ޢައްޔަނުކޮށް އޮޑިޓް ރިޕޯޓްތައް ނެރެން ފެށުނީ 2007 ވަނަ އަހަރުއެވެ. ހާހެއްހައި އޮޑިޓް ރިޕޯޓް މިހާރު ވެސް ނެރެފައިވާއިރު ސަރުކާރުން ސިޔާސީ ބޭނުމަށް އެފަހަރަކު ފިޔަވަޅު އަޅަން ބޭނުންވި އޮޑިޓް ރިޕޯޓަކަށް ނޫނީ ފިޔަވަޅު އަޅާފައި ނުވާކަމާއި ވައްކަމުގެ މައްސަލަތަކުގައި ފިޔަވަޅު އަޅާފައި ނުވާކަން ވެސް ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން