ޑޮލަރު ދޭނެ ކަމަށް ބުނެ އެމްއެމްޕީއާރުސީ އިން އެމްޓީސީސީ އާއި އެމްޕީއެލް އިން ނެގި 6 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަދިވެސް ނުދީ އެބައޮތް ކަމަށް އޭސީސީ އިން ބުނެފިއެވެ.
މަޖިލީހުގެ ކޮމިޓީގައި އޭސީސީގެ ރައީސް، މުޢައްވިޒް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ އިން ވަނީ އެމްޕއެލް އިން 5 މިލިއަނަޑޮލަރުގެ ދިވެހި ރުފިޔާ އާއި އެމްޓީސީސީ އިން 1 މިލިއަން ޑޮލަރުގެ ދިވެހި ރުފިޔާ ނަގާފައި ކަމަށެވެ. އަދި މިފައިސާ ދެއްކި ކަމަށް ދައްކަން ވަގު ޑޮކިޔުމަންޓްތައްވެސް ހަދާފައި އެބަހުރި ކަމަށެވެ.
މި މައްސަލަތައް ރައީސް ޢަބްދުﷲ ޔާމީނުގެ ސަމާލުކަމަށް ގެންނެވުމުން އެއިރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް މަޤާމުން ދުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.