ރާއްޖޭގެ ޝަރުޢީ ނިޒާމް އިޞްލާޙް ކުރުމަށް ބޭނުންވާ ކަންކަމުގެ މަޝްވަރާ ދެއްވަން މަސައްކަތްކުރައްވަމުން ގެންދަވާ ފަނޑިޔާރު ޖޮހަން ކެރެގްލަރ ޖުމްހޫރީ ޕާޓީ އާއި ބައްދަލުކުރައްވައިފި އެވެ.
ފަނޑިޔާރާއިއެކު މި ބައްދަލުކުރެއްވުމުގައި އދ ގެ ޤާނޫނީ ތަޖުރިބާކާރު ޖޭސަން ގްލަކް އާއި އެލިޒަބެތް ބައިވެރިވެވަޑައިގެންނެވިއެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާރ ޑރ. އަޙްމަދު ޢާޞިމް އާއި އަމީން ޢާންމު ޙުސައިން ރަޝީދުއެވެ.
މިބައްދަލުކުރެއްވުމުގައި ޖުމްހޫރީ ޕާޓީން ވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމަށް ގެންނަން އެޕާޓީއަށް ފާހަގަކުރެވޭ އިޞްލާޙްތައް ހުށަހަޅައިފައެވެ.
Judge Johann Kriegler,
— JP Secretariat (@JPSecretariat) July 9, 2019
Mr. Jason Gluck (UNDP Constitutional Expert) &
Ms. Elizabeth met with the Chair of Jumhooree Party Foreign Relations Committee Dr Asim Ahmed and Secretary General Hussain Rasheed to discuss the Maldives Judicial and Constitutional reform process. pic.twitter.com/9t2HqbmNWY