ރިޔާޟް ރަޝީދާ އަދުރޭގެ ހިއްސާ އޮންނަ ދެ ކުންފުންޏަކުން ފެނަކައަށް 28 ރުފިޔާއަށް ޑީސަލް ލިޓަރެއް ވިއްކި: ސަޢީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ރިޔާޟް ރަޝީދާ އަދުރޭގެ ހިއްސާ އޮންނަ ދެ ކުންފުންޏަކުން ފެނަކައަށް 28 ރުފިޔާއަށް ޑީސަލް ލިޓަރެއް ވިއްކި: ސަޢީދު

ކުރީގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި، ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ހިއްސާ އޮންނަ ކުންފުންޏަކުން ފެނަކައަށް 28 ރުފިޔާއަށް ޑީސަލް ލިޓަރެއް ވިއްކިކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ފެނަކަ ކޯޕަރޭޝަނުގެ އިސް ބޭފުޅުން މިއަދު ހާޒިރުކޮށް ކުރުމުން އެމްޑީ ސައީދު ވިދާޅުވީ ފިއުލް ސަޕްލައި މޯލްޑިވްސްއިން 8.25ރ އާއި 8.75ރ އަށް ތެޔޮ ވިއްކި އިރު ލ. އަތޮޅު މެމްބަރަކާއި ތ އަތޮޅު މެމްބަރެއްގެ މަސްލަހަތު ހިމެނޭ ދެކުންފުނިން ފެނަކަ އަށް ތެޔޮ ވިއްކާފައިވަނީ 26 ރުފިޔާ އާއި 28 ރުފިޔާއަށް ކަމަށެވެ.

އަދި މިމައުލޫމާތު މިހާރު ރައީސުލް ޖުމުހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ހިއްސާ ކޮށްފައިވާ ކަމަށެވެ..

ބޮޑު އަގުގައި ކަރަންޓު އުފެއްދުމަށް ތެޔޮ ގަތުމާއި ގުޅިގެން ފެނަކަ އަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމްޑީ ސައީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން