ޢިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ބިދޭސީއަކު މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 49ސ
ޢިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއްދަށުވެ ބަންގްލަދޭޝް މީހަކު މަރުވެއްޖެއެވެ.

 

ފުލުހުން ވިދާޅުވިގޮތުގައި މިއަދު ހަވީރު 17:30 ހާއިރު ހުޅުމާލޭގައި ހިނގި މިހާދިސާގައި މަރުވެފައިވަނީ އެތަނުގައި މަސައްކަތްކުރަން އުޅުނު ޢުމުރުން 24 އަހަރުގެ ފިރިހެނެކެވެ. މިހާދިސާ ހިނގީ ސެންޓްރަލް ޕާކް ކައިރީގައި ހަދަމުދާ ޢިމާރާތެއްގައެވެ. އެޢިމާރާތުގެ މަސައްކަތް ކުރަމުންދަނީ "ޖާސް އިންވެސްޓްމަންޓް" ކިޔާ ކުންފުންޏަކުންކަމަށް މަޢުޔލޫމާތުލިބެއެވެ.

 

ސިމެންތި ބަސްތާދަށުވި މީހާ ހޮސްޕިޓަލަށް ގެންދިޔަނަމަވެސް އޭނާ އޭރުވެސް ވަނީ މަރުވެފައިކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

 

މި ހާދިސާ ހިނގި އިމާރާތުގައި މިދިޔަ ހޮނިހިރު ދުވަހުވެސްވަނީ އެހެން ޙާދިސާއެއް ހިނގާފައެވެ. އެއީ އެ ޢިމާރާތުގެ ހަތް ވަނަ ފަންގިފިލާއަށް ތަކެތި އެރުވުމަށް ބޭނުންކުރި ލިފްޓެއްގެ ކޭބަލް ކަނޑައިގެން، މީހަކާ އެކު ލިފްޓުމެވެ. މިޙާދިސާ ހިނގިއިރު ލިފްޓުގައިހުރި މީހާއަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދަންޖެހުނެވެ.

މިއަދު އޮންލައިން