ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަކުރުމުގެ ދައުވާގެ ލިޔުންތައް ހަވާލުކޮށްފިއެވެ.
އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުން މީގެކުރިން ވެސް ވަނީ ދައުވާއާ ގުޅޭ ލިޔުންތައް އާޒިމާއާ ހަވާލުކުރަން މަސައްކަތް ކޮށްފަ އެވެެ. ނަމަވެސް އޭރު ލިޔުންތައް ހަވާލުކުރެވިފައި ނުވަނީ އާޒިމާ ރާއްޖެއިން ބޭރުގައި ހުންނެވުމާ ގުޅިގެން ކަމަށް ކޯޓުން ބުނެފައިވެ އެވެ.
މަނީ ލޯންޑަކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ވެސް ދައުލަތުން ވަނީ އާޒިމާގެ މައްޗަށް އުފުލާފަ އެވެ.
އާޒިމާގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވެ ލިޔުންތަކާ ހަވާލުވީ އާޒިމާގެ ބޭބެ، އަލީ އާމިރު އެވެ.