ދަރިފުޅަށް ވަޅިން ބިރުދެއްކި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި!

ކިޔުމަށް ހޭދަވާނީ 47ސ
ދަރިފުޅަށް ވަޅިން ބިރުދެއްކި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި!

ކ. ދިއްފުށީގައި މިދިޔަ އަންގާރަ ދުވަހު، ކުޑަކުއްޖަކަށް ވަޅިން ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި 10 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އުމުރުން ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ވަޅިއަކުން ބިރު ދައްކާފައިވަނީ އެކުއްޖާގެ ބައްޕައެވެ.

ފުލުހުން ބުނެފައިވަނީ އުމުރުން 40 އަހަރުގެ އެމީހާ ހައްޔަރުކުރީ، އާއިލާގެ ތެރޭގައި ޖެހުނު މައްސަލައެއްގައި ތޫނު އެއްޗަކުން ބިރުދެއްކުމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ 22:36 ހާއިރު ކަމަށެވެ.

މިމައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.a

މިއަދު އޮންލައިން