ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކައުންސިލް (ބާރ ކައުންސިލް)ގެ ފުރަތަމަ ހިންގާ ކޮމިޓީ އިންތިޚާބުކުރުމުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކައުންސިލް އުފެއްދުމަށް ޤާނޫނީ ވަކީލުން މަސައްކަތްކުރަމުން އަންނަތާ 10 ވަރަކަށް އަހަރުވެފައިވާއިރު އެ ކައުންސިލުގެ ޤާނޫނު ފާސްކޮށް ވުޖޫދަށް ގެނެސްދީފައިވަނީ މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކައުންސިލް އުފައްދަި ހިންގަން ފެށުމުން ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންގެ އެންމެހައި ކަންކަން ބަލަހައްޓައި ފިޔަވަޅުއަޅަން ޖެހޭ ވަކީލުންނާއިމެދު ފިޔަވަޅު އަޅާނީ އެކައުންސިލުންނެވެ. އެހެންކަމުން ޖޭއެސްސީ، ޖޭޑީއޭ އަދި ކޯޓުތަކުން ވަކީލުންނާއިމެދު ފިޔަވަޅު އަޅަމުން ގެންދިއުން އެ ހިސާބުން ނިމުމަކަށް އަންނާނެއެވެ.
މީގެ އިތުރުން ޖޭއެސްސީގައި ތަމްސީލު ކުރާނީ ވެސް ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކައުންސިލުން އެކަމަށް ކަނޑައަޅާ ފަރާތެކެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަދުގެ ވޯޓުލުން ނިމުމުން ވަގުތީ ނަތީޖާ އިއުލާނުކުރާނެ ކަމަށެވެ. ވޯޓުލުން ކުރިއަށް ގެންދަނީ މާލެ ސިޓީގައާއި އައްޑޫ ސިޓީގައެވެ.
Dhivehiraajjeyge Bar Councilge Executive Committeege Inthikhaabu feshigen kuriah dhany pic.twitter.com/ReK2xfUDbz
— Elections Commission (@ElectionsMv) July 13, 2019