ނައިބު ރައީސް ހުޅުމީދޫއަށް ޒިޔާރަތްކުރައްވައިފި

ކިޔުމަށް ހޭދަވާނީ 31ސ
ނައިބު ރައީސް ހުޅުމީދޫއަށް ޒިޔާރަތްކުރައްވައިފި

 ނައިބު ރައީސް ފައިޞަލް ނަސީމް އައްޑޫސިޓީގެ ބައެއް ރަށްރަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫސިޓީގެ ހުޅުމީދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.

 ނައިބު ރަައީސް ހުޅުމީދޫއަށް ޒިޔާރަތްކުރެއްވުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި ހުޅުމީދޫގެ މަގު ހަދަމުންދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވައިލެއްވިއެވެ. އަދި ހުޅުމީދޫ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ޙާލަތު ބައްލަވާލެއްވިއެވެ.

މިއަދު އޮންލައިން