ނޭޕާލުގަ ފެންބޮޑުވެ ސަތާރަ މީހުން މަރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ނޭޕާލުގަ ފެންބޮޑުވެ ސަތާރަ މީހުން މަރުވެއްޖެ!

ނޭޕާލަސް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން 17 މީހަކު މަރުވެއްޖެއެވެ. މީގެ ތެރެއިން 3 މީހަކު މަރުވެފައިވަނީ އެމީހުން ދިރިއުޅޭގެތަކަށް ފެންގަނޑު ވަނުމުގެ ސަބަބުންނާއި ފެންގަނޑު ބޮޑުވެ ގެ ވެއްޓުމުގެ ސަބަބުންނެވެ. 

ނޭޕާލުގެ އިރުމަތީ ސަރަހައްދުތަކަސް ބުރާސްފަތި ދުވަހުން ފެށިގެން އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ވެރިރަށް ނޭޕާލަސް ވަނީ 24 ގަދިއިރުގެ ތެރޭގައި 115 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. 

ފުލުހުން ބުނާ ގޮތުން ފެންބޮޑުވުމުގެ ސަބަބުން ގިނަ ބައަކަށް ވަނީ އަނިޔާ ލިބިފައެވެ. އަދި 7 މީހަކު ވަނީ ގެއްލިފައެވެ. މޫސުން ދައްކާގޮތުން ވިއްސާރަކުރުން އަދިވެސް ދާނީ ކުރިއަށެވެ.

 

މިއަދު އޮންލައިން