ނައިބު ރައީސް އައްޑޫސިޓީ ހިތަދޫއަށް ޒިޔާރަތްކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ނައިބު ރައީސް އައްޑޫސިޓީ ހިތަދޫއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫސިޓީގެ ބައެއް ރަށްރަށާއި ފުވައްމުލަކު ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫސިޓީހިތަދޫއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އައްޑޫ ހައި ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލު ޓީޗަރުންނާއި ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. އަދި ނައިބުރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީކައުންސިލާއި ބައްދަލުކުރެއްވުމަށާއި އައްޑޫސިޓީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމާއި އައްޑޫ ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަސައްކަތް ހިނގާގޮތް ބައްލަވާލެއްވުމަށް އެތަންތަނަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިއަދު އޮންލައިން