ކޯޓަށް ހާޒިރުކުރުމަށް ހ. ސައުތުރީފް، މުޙައްމަދު ޝާހިދު ހޯދަނީ

ކިޔުމަށް ހޭދަވާނީ 43ސ
ކޯޓަށް ހާޒިރުކުރުމަށް ހ. ސައުތުރީފް، މުޙައްމަދު ޝާހިދު  ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައިނުވާ މީހަކު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަނީ ހ. ސައުތުރީފް، މުޙައްމަދު ޝާހިދު (56އ) އެވެ.

މުޙައްމަދު ޝާހިދު ހޯދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން 2019 ޖުލައި 16 ވަނަ ދުވަހުގެ 09:45 އަށް ސިވިލްކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ވީމާ މުޙައްމަދު ޝާހިދާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ  ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.

 

މިއަދު އޮންލައިން