ގެއްލިގެން އޭޕްރިލް މަހު ރިޕޯޓުކުރި ސައިކަލެއް، މޫދު އަޑިން ފެނިއްޖެ!

ކިޔުމަށް ހޭދަވާނީ 32ސ
ގެއްލިގެން އޭޕްރިލް މަހު ރިޕޯޓުކުރި ސައިކަލެއް، މޫދު އަޑިން ފެނިއްޖެ!

މިއަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ގެއްލިގެން ރިޕޯޓުކުރި ސައިކަލެއް، މޫދު އަޑިން ފެއްނިއްޖެއެވެ.

މިސައިކަލު ފެނިފައިވަނީ ރޭ 20:00 ހާއިރު ނޯތު ހާބަރުގައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު އެއްޗެއް ނަގަން، މޫދަށް ފުންމާލި މީހަކަށެވެ. ސައިކަލު މޫދު އަޑިން ނެގުމަށްފަހު އެމީހުން ވަނީ އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފުލުހުން ބެލި ބެލުމުން، އެއީ އޭޕްރިލް 16 ވަނަ ދުވަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ސައިކަލެއްކަން ހާމަވެފައިވާ ކަމަށެވެ.

މިކަމާއި ބެހޭގޮތުން ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

މިއަދު އޮންލައިން