އަނާރާ އަދި މާނިއު ގެ ވޯޓު އަލުން ގުނަނީ

ކިޔުމަށް ހޭދަވާނީ 2މ 17ސ
އަނާރާ އަދި މާނިއު ގެ ވޯޓު އަލުން ގުނަނީ

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަށް އިންތިޚާބުވި އަނާރާ ނައީމާއި ޢަބްދުލް މާނިއު ހުސައިން ވޯޓް އަލުން ގުންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން ބުނީ މި ދެ ކެނޑިޑޭޓުންގެ ވޯޓު އަލުން ގުނަން ނިންމީ ޢަބްދުލް މާނިއު ހުސައިން ހުށައެޅުމުންނެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަށް އަނާރާ އިންތިހާބުވެފައިވަނީ މާނިއުއަށް ވުރެ އެއް ވޯޓް އިތުރަށް ލިބިގެންނެވެ. އަނާރާއަށް 343 ވޯޓް ލިބުނިިއިރު މާނިއުއަށް ލިބިފައިވަނީ 342 ވޯޓްއެވެ.

ވޯޓް އަލުން ގުނުން އޮންނާނީ މިއަދު 13:30 ގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީ އެކުލެވިގެންވަނީ 9 މެންބަރެއްގެ މައްޗަށެވެ. އެއީ ރައީސްއާއި ނާއިބު ރައީސްގެ އިތުރުން 6 މެންބަރުންނާއި ދައުލަތުގެ ބަންޑާރަ ނާއިބު. މި އިންތިޚާބުގައި އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ވާދަކޮށްފައިވެއެވެ.

މި ފަރާތްތަކުގެ ތެރެއިން ވަގުތީ ނަތީޖާއިން ދައްކާގޮތުން ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވި 6 ބޭފުޅުންނަނީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމާއި މުހައްމަދު ފައިސަލް އާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ސިވިލް ކޯޓުގެކުރީގެ ގާޒީ އައިޝާ ސުޖޫން މުހައްމަދުގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އަބްދުލް މާނިއު ހުސެއިންއެވެ.

ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް ވާދަކުރި ފަރާތްތަކަށް ލިބުނު ވޯޓުގެ ތަފްސީލް:

1. އަނާރާ ނައީމް – 343 ވޯޓު

2. އަޙްމަދު މުއިއްޒު – 627 ވޯޓު

3. ސޮފާ ޝަރީފް - 320 ވޯޓު

4. ޒިމްނާ ޢަބްދުލް މުހުސިން – 215 ވޯޓު

5. އަލީ ޝާހު - 162 ވޯޓު

6. އަނަސް އަބްދުއް ސައްތާރު – 361 ވޯޓު

7. ޒުބައިރު އަހުމަދު މަނިކު – 17 ވޯޓު

8. ޑރ. މުހައްމަދު އިބްރާހީމް - 331 ވޯޓު

9. މުހައްމަދު ޝަފާޒް ވަޖީހު - 188 ވޯޓު

10. މުޙައްމަދު ފަރީދު - 226 ވޯޓު

11. މުޙައްމަދު ފައިސަލް - 631 ވޯޓު

13. މުޙައްމަދު ވަހީދު ނަޖީބު - 26 ވޯޓު

14. ޝަބާބު ރަޝީދު - 233 ވޯޓު

15. ޢަބްދުލް މާނިއު ހުސައިން - 342 ވޯޓު

16. ޢަބްދުއްސަލާމް އާރިފް – 192 ވޯޓު

17. އާއިޝާ ސުޖޫން މުޙައްމަދު - 445 ވޯޓު

18. މުޙައްމަދު އަސީލް ހަސަން - 356 ވޯޓު

19. އާމިނަތު އަރީޖު ހުސައިން - 280 ވޯޓު

ބާ ކައުންސިލުގެ ރައީސާއި، ނައިބް ރައީސްގެ އިތުރުން، އެގްޒެކަޓިވް ކޮމިޓީއަށް 6 މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ހުސުނުއް ސުއޫދާއި ވާދަކުރައްވާ ރައީސަކަށް އިންތިޚާބުވެވަޑައިގެންފައިވަނީ މަޝްހޫރު ޤާނޫނީ ވަކީލު މަޢުމޫން ހަމީދުއެވެ. މައުމޫން ހަމީދަށް 543 ވޯޓު ލިބިފައިވެއެވެ. އަދި ނާއިބް ރައީސަކަށް އިންތިޚާބުވެވަޑައިގެންފައިވަނީ ކުރީގެ ބަންޑާރަ ނާއިބް ޢަބްދުﷲ މުއިއްޒެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 792 ވޯޓެވެ.

މިއަދު އޮންލައިން