އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯފްގެ އެކައުންޓަށް ޖަމާކުރީ ޤާނޫނުތައް ހުއްޓައި ޤާނޫނުތަކާ ޚިލާފަށް: ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯފްގެ އެކައުންޓަށް ޖަމާކުރީ ޤާނޫނުތައް ހުއްޓައި ޤާނޫނުތަކާ ޚިލާފަށް: ފުލުހުން

ފުލުހުން މިއަދު ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބި ބައެއްގެ ނުފޫޒުގައި ކަމަށާއި އަދި އެކަން ތަޙްޤީޤަށް ޔަޤީންކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.  

ފުލުހުން މިމޭރުމުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެމްއެމްއެމް ޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ ފަހުގެ ތާރީޚުގައި އޭސިއާ ބައްރުގައި ހިންގި އެންގެ ބޮޑު ޚިޔާނާތް ކަމަށެވެ. އަދި އެ ބޮޑު ޚިޔާނާތް ހިންގާފައިވަނީ މުޅި ދިވެހި ދައުލަތް ބައިވެރިވެގެން ކަމަށެވެ. "އެ ބޮޑު ޚިޔާނާތް ހިންގުމުގަ ބޭންކް އޮފް މޯލްޑިވްސް އާ އެމްއެމްއޭ ބައިވެރިވި. 18 ވަނަ ރައްޔިތުންގެ މަޖިލީސް ބައިވެރިވި. އޮޑިޓަރ ޖެނެރަލްގެ އޮފީހާ އޭސީސީ މިކަމުގައި ބައިވެރިވޭ." 

ޢަބްދުލްޣަފޫރު ވިދާޅުވީ އެކަންކަން ހިނގައި ދިއައިރު ފުލުހުންނަށްވެސް ވާނީ މައުލޫމާތު ލިބިފައި ކަމަށާއި ނުހުއްޓުވުނީ ރައްޔިތުންގެ މަޖިލިހާއި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވައްކަންކުރަން ތިބުމުން ކަމަށެވެ. އަދި އެފަދަ ޙާލަތެއްގައި ފުލުހުންނަށް ވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށެވެ. 

"އަޅުގަނޑު މިއަދު ފުލުހުންގެ ކިބައިން އެދެނީ މިމައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި ދިނުމަށް، މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވި. މިކަމުގައި ބައިވެރިވާ އެންމެންގެ މައްސަލަތައް ބަލައި ދިނުން." ކަމަށްވެސް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. 

މިވާހަކަތަކާއި ގުޅިގެން ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ފުލުހުން ބަލަމުން ދިއަ ޚިޔާނާތުގެ މައްސަލަތައް ވާނީ 2016 ވަނަ އަހަރުގެ ފަހުކޮޅު ޕީޖީއަށް ވެއްދިފައި ކަމަށެވެ. ކޮރަޕްޝަނުގެ މައްސަލަތައް ލަސްވަމުން އައީ އެ މައްސަލަތައް އޭސީސީ އިން ބަލަމުން ގެންދާތީ ކަމަށެވެ.

މިއަދު އޮންލައިން