މީރާއަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ޒައިތުން މާ އިންވެސްޓްމަންޓުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މީރާއަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ޒައިތުން މާ އިންވެސްޓްމަންޓުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ކ.އަތޮޅު ފިހާރަ އިރުމަތީބައި ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި ޒައިތުން މާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ. 

ޒައިތުން މާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެ ފަރާތުގެ ޣައިރު ހާޟިރުގައި ހުކުމް ކޮށްފައިވަނީ، ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 819,200.79ރ (އަށް ލައްކަ ނަވާރަ ހާސް ދުއިސައްތަ ރުފިޔާ ހަތްދިހަ ނުވަ ލާރި) 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ކަމަށްވެސް މީރާއިން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން