ސައިޑްމައުންޓް ޑައިވް ޓްރޭނިންގ 13 ފުލުހަކު ފުރިހަމަކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ސައިޑްމައުންޓް ޑައިވް ޓްރޭނިންގ 13 ފުލުހަކު ފުރިހަމަކޮށްފި

ސައިޑްމައުންޓް ޑައިވް ޓްރޭނިންގ 13 ފުލުހަކު ފުރިހަމަކޮށްފިއެވެ.

މި ހިނގާ ޖުލައި 12 އިން 09 އަށް ކުރިއަށް ގެންދިޔަ މި ޓެރޭނިންގ އަކީ ކ. މާފުށި ޑައިވް ސެންޓަރާ ގުޅިގެން ކުރިއަށް ގެންދިޔަ ޓްރޭނިންގ އެކެވެ.

މި ޓްރޭނިންގ ފުރިހަމަ ކުރި ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ 2019 ޖުލައި 12 ވަނަ ދުވަހު މާފުށި ޑައިވް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މިރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ޓްރޭނިންގ ފުރިހަމަ ކުރި ބައިވެރިންނަށް މަރުހަބާ ދަންނަވައި ވިދާޅުވީ ބައިވެރިންނަށް ދަސްވި ހުނަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެދިލައްވާ ކަމަށާއި ޤަވާއިދުން ޑައިވްކުރަމުން ގެންދިއުމަކީ ގިނަ ވަގުތު ވަންދެން ޑައިވް ކުރުމުގެ ހުނަރު ކުރިއެރުވުމަށް ވަރަށް މުހިއްމު ކަމެއްކަމުގައި ދެކިލައްވާ ކަމަށެވެ.

ސައިޑްމައުންޓް ޑައިވް ޓްރޭނިންގ އަކީ ފުލުހުންގެ ތަހުޤީޤުތަކަށާއި މަސައްކަތްތައްކަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށްޓަކައި ރައްކާތެރިކަމާއެކު ގިނަ ވަގުތު ކަނޑުގެ އަޑީގައި ފީނުމަށް ބޭނުންވާނެ ހުނަރު ދަސްކޮށްދިނުމަށް ހިންގުނު ޓްރޭނިންގ އެކެވެ.

ފަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޓްރޭނިންގައި މެރިން ޕޮލިހުގެ 9 ޑައިވަރަކާއި ފޮރެންސިކް ސަރވިސަސްގެ 3 ޑައިވަރެއްގެ އިތުރުން ސްޕެޝަލް އޮޕަރޭޝަންސްގެ ޑިޕާޓްމަންޓްގެ ޑައިވަރަކާއެކު މުޅިޖުމްލަ 13 ޑައިވަރުން ބައިވެރިވެފައިވެއެވެ.  މި ޓްރޭނިންގައި ކިޔާވައިދެއްވީ ޕަޑީގެ ކޯސް ކޯޑިނޭޓަރ މިސްޓަރ ކޭވް ޓާނަރއެވެ.

މިއަދު އޮންލައިން