މަސްގަންނަން ބޭރުގެ ބޯޓުފަހަރުތަކަށް ހުއްދަދޭއިރު ކުރިމަތިވެދާނެ މައްސަލަތަކަށް ވަރަށް ބޮޑަށް ބަލަންޖެހޭނެ!: އާދަމް ޝަރީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަސްގަންނަން ބޭރުގެ ބޯޓުފަހަރުތަކަށް ހުއްދަދޭއިރު ކުރިމަތިވެދާނެ މައްސަލަތަކަށް ވަރަށް ބޮޑަށް ބަލަންޖެހޭނެ!: އާދަމް ޝަރީފް

ދިވެހި މަސްވެރިން ބާނާ މަސް ގަންނަން ބޭރުގެ ބޯޓު ފަހަރަށް ހުއްދަދޭއިރު އެކަމުގެ ސަބަބުން ކުރިމަތިވެދާނެ މައްސލަތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް މަޑުއްވަރި ދާއިރާގެ މެންބަރު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.  

މަޖިލީހުގައި އާދަމް ޝަރީފް މިއަދު ވިދާޅުވީ ބޭރުގެ ބޯޓު ފަހަރު ރަނގަޅަށް ނުބެލެހެއްޓޭނަމަ ހަތިޔާރާއި މަސްތުވާތަކެއްޗާއި އެހެންވެސް މަނާތަކެތި ރާއްޖެއަށް އެތެރެވެ ނުރައްކަތެރި މައްސަލަތައް އިތުރުވެދާނެ ކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން ބޭރުގެ ބޯޓުފަހަރަށް މަސްގަންނަން ފުރުޞަތުލިބި މަސްކަނޑުތަކުގައި ހަރަކާތެރިވުމުގެ މަގުފަހިވުމަކީ މަސްވެރިކަމުގެ ސިނާއަތު ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.  

އާދަމް ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއރު ރާއްޖެއިން މަސްބަރުކުރުމުގެ ނަމުގައި އަންނަ ބޯޓުފަހަރު ރާއްޖޭގެ ސަރަހައްދުން ޤަވާއިދާއި ޚިލާފަށް މަސްވެރިކަން ކުރުމުގެ މައްސަލަތައް މީގެ ކުރިންވެސް ވަނީ ކުރިމަތިވެފައެވެ. މަޖިލީހުގައި މިއަދު ވާހަކަ ދެއްކި މެންބަރުން މިފަދަ މައްސަލަތައް، ކުރީގެ ތަޖުރިބާތަކަށް މާބޮޑު ސަމާލުކަމެއް ނުދޭކަންވެސް ވަނީ ފާހަގަކުރެވިފައެވެ.  

މިއަދު އޮންލައިން