ދެމީހަކު މާކަނޑަށް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ދެމީހަކު މާކަނޑަށް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި!

ހދ.މަކުނުދޫގައި މިއަދު ރާޅާ އަޅަން އުޅުނު ދެ މީހަކު މާކަނޑަށް އޮޔާ ދަނިކޮށް ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މަކުނުދޫގައި ރާޅާ އަޅަން އުޅުނު ދެ މީހުން މާކަނޑަށް އޮޔާދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި، އާއްމުން ގުޅިގެން ޑިންގީއެއްގައި ގޮސް އެ ދެ މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.

މިކަމާގުޅިގެން ފުލުހުން އިލްތިމާސް ކޮށްފައި ވަނީ އޮއިގަދަ ދުވަސްވަރު މޫދަށް އެރި ނޫޅުމަށެވެ.

މިއަދު އޮންލައިން