ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ފިރިހެނެކެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން، ޖުލައި 15 ވަނަ ދުވަހުގެ 18:27 އެހައިކަންހާއިރު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެެ އަމަލުތައްހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓެއް ފެނުމުންނެވެ.