ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބާއްވަން ކްރިމިނަލް ތާވަލް ކޮށްފިއެވެ.
މިމައްސަލައިގައި އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާއިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އެ ކޯޓުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ އަމުރު މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ޔާމީން މިނިވަންކޮށްފައެވެ.
ރައީސް ޔާމީން ބަންދުން ދޫކޮށްލަން ކުރި އަމުރާއި އޭނާގެ އެކައުންޓުތައް ފްރީޒުކުރަން ކުރި އަމުރު ހައިކޯޓުން ބާތިލް ކުރުމުން ޕީޖީން ވަނީ އެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މިމައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފައިވާއިރު ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.