އާޒިމާގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
އާޒިމާގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

މިމައްސަލައިގެ ލިޔެކިޔުންތައް މިހާރުވަނީ އާޒިމާ އާއި ހަވާލުކޮށްފައެވެ.

މިކަމާގުޅިގެން އާޒިމާ ބުނެފައިވަނީ ވަނީ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ އުފުލާފައިވާ ދައުވާއަކީ ބަޔަކު ގަސްތުގައި ރާވައިގެން އޭނާގެ އަޑު ކަނޑުވާލުމަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

މިއަދު އޮންލައިން